ލައިފްސްޓައިލް

ނޭފަތުމުދި ގެއްލުނުތާ ފަސް އަހަރު ފަހުން ފެނުނީ ފުއްޕާމެއިން

އާންމުކޮށް މީހުން ތޮރުފައިގެން އެކި ކަހަލަ ރީތި މުދި ލައި އުޅެނީ ކަންފަތުގަ އެވެ. ނަމަވެސް މިހާރު ނޭފަތާއި އެނޫންވެސް ތަންތަން ތޮރުފައި އެ ތަންތަނުގައި މުދި ހަރުކުރުމުގެ ފެޝަން އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު ކަމަކަށް ވަނީ ވެފަ އެވެ.

ބައެއް މީހުން ކަންފަތުގައި ނުވަތަ ނޭފަތުގައި ލާ މުދި ކުއްލިއަކަށް ގެއްލިއްޖެނަމަ ވަރަށް ދެރަވެގެން އެ އެއްޗެއް ވަރަށް ހޯދާ އުޅޭނެ އެވެ. ސަބަބަކީ އެގޮތަށް ލާފަ ހުންނަ އެއްޗިއްސަކީ އެމީހުންގެ ކޮންމެވެސް ހަނދާނަކާ ގުޅޭ ހާއްސަ އެއްޗަކަށް ވާތީ އެވެ.

އިނގިރޭސި ވިލާތުގެ މީހެއް ކަމަށްވާ ޖޯއީ ލައިކިންސް އަށް ވެސް ދިމާވީ މި ކަހަލަ ކަމެކެވެ. އޭނާ ނޭފަތް ތޮރުފައިގެން ނޭފަތުގައި ލައިގެން އުޅުނު މުދި ކުއްލިއަކަށް ގެއްލުނީ އެވ. ހޯދާ ހޯދާ އެއްވެސް ތާކުން އެ މުއްޖެއް ނުފެނުނެވެ.

އޭގެ ފަހުން ފަސް އަހަރު ފާއިތުވީ ފަހުން ކުއްލިއަކަށް އެއް ދުވަހު 35 އަހަރުގެ މި ފިރިހެން މީހާއަށް ކުއްލިއަކަށް ސިއްހީ ބޮޑު މައްސަލައެއް ދިމާވި އެވެ. ކޮށިއަރަން ފެށި ގޮތަށް އެއްގޮތަކަށް ވެސް ކެއްސުން ނުހުއްޓުނީ އެވެ. އަދި ކެއްސާލާ ކޮންމެ ފަހަރަކު ވަރަށް ގަދަޔަށް ބުރަކައްޓެއް ތަދެއް އަރާތީ ވެސް ޖޯއީ އުޅެން ފެށި އެވެ. އެހެންވެ ދަންވަރު 2.30 ހާއިރު އިމަޖެންސީގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެވެ.

ހޮސްޕިޓަލުން ޖޯއީގެ މޭގެ އެކްސްރޭ ނަގައި ބެލިއިރު އޭނާގެ ކަނާތްފަރާތު ފުއްޕާމޭގައި ގެއްލިގެން އުޅުނު ކަންފަތުލާ އެތި ހަރުލާފައި އިންދާ ވަނީ ފެނިފަ އެވެ.

މިރާ ޔޫކޭ އަށް ދިން އިންޓަވިއު އެއްގައި ޖޯއި ބުނީ އޭނާގެ ހަށިގަނޑުގެ 12 ތަނެއް ތޮރުފައި މުދި ލާފައި ހުރި ކަމަށެވެ.

"މީގެ ފަސް އަހަރު ކުރިން އެއް ދުވަހު އަހަރެން ހެނދުނު ހޭލިއިރު ނޭފަތުގައި ލާފައި އިން މުންޖެއް ނެތް. ހޯދާ ހޯދާ އެއްވެސް ތާކުން އެއެއް ނުފެނުނު. އޭރު އަހަރެން އެ މުދި ލައިގެން އުޅޭތާ ވެދާނެ ތިން ހަތަރު އަހަރު. އޭރު ވެސް ހިތަށް އެރި އަނެއްކާ ދިރުވާލެވުނީ ނޫންބާއޭ. ނަމަވެސް އެއްވެސް އުނދަގުލެއް ނުވާތީ އެފަދަ ކަމެއް ނުވެޔޭ ޔަގީންކޮށްފައި އާ ނޭފަތުމުންޖެއް ގަނެފައި ލެއްވީ،" ޖޯއީ ބުންޏެވެ.

ޖޯއީ އަށް ފަރުވާ ކުރި ޑޮކްޓަރުން އޭނާގެ ފުއްޕާމޭގައި ހަރުލާފައިވާ ނޭފަތުމުދި ނެގީ ބްރޮންކޮސްކޮޕީ ހަދައިގެންނެވެ.