އެމްއެންޑީއެފް

ސިފައިން ނިކުމެ ހުޅުމާލެ ފަޅު ސާފުކޮށްފި

Sep 24, 2022
1

ދުނިޔޭގެ "މެރިޓައިމް" ހަފްތާ ފާހަގަކުރުމުގެ ގޮތުން ސިފައިްނގެ ކޯސްޓްގާޑާއި މާލޭ އޭރިއާ ކޮމާންޑުން ހުޅުމާލޭ ފަޅު މިއަދު ބސާފުކޮށްފި އެވެ.

ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މިހަރަކާތުގައި ހުޅުމާލޭ ހުޅަނގު ފަރާތު ހޭޅިފަށާއި ގޮނޑުދޮށާއި މޫދު އަދި ވަށައިގެންވާ ސަރަޙައްދުތައް ވަނީ ސާފުކޮށްފަ އެވެ.

މި ހަރަކާތުގައި، އެ ސަރަހައްދުތަކުން ސިފައިން ވަނީ 300 އަށް ވުރެ ގިނަ ކޮތަޅުގެ ޕްލާސްޓިކާއި ކުނި ނަގައި ސާފުކޮށްފަ އެވެ.

މީގެކުރިންވެސް އެކި މުނާސަބަތާ ގުޅުވައިގެން މާލެ ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތައް ސިފައިން ކުރިއަށް ގެންގޮސްފައިވެ އެވެ.