ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓް ހިނގީ ހުޅުމާލެއަށް ވަންނަ ނެރާ ދިމާ ފަޅުތެރޭގައި މިރޭ 8:00 ޖަހަނިކޮށެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓާ ގުޅިގެން ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެތެރެއިން ދެ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އަނެއް ދެ މީހުންނަށް ފަރުވާ ދެނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ.
އަނިޔާވި ހަތަރު މީހުންނަކީ ވެސް ޑިންގީގައި ތިބި މީހުން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށެވެ.