އެމްއެންޕީ ކޮންގްރެސް 2022

އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ނިންމާލައިފި

Sep 24, 2022

ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީ ސިޔާސީ ޕާޓީ -- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ ކޮންގްރެސް ނިންމާލައިފި އެވެ.

އެމްއެންޕީގެ ކޮންގްރެސް ރޭ ފައްޓަވައިދެއްވެވީވެސް އަދި މިރޭ ނިންމަވައި ދެއްވެވީ ވެސް ޕާޓީގެ ރައީސް މުހައްމަދު ނާޒިމު އެވެ.

ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް އެހެން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ސަފީރުންނާއި އެމްއެންޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ޕާޓީގެ ކޮންގްރެސްގެ މަންދޫބުން ބައިވެރިވެފައިވެ އެވެ.

ތާޖުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ އެމްއެންޕީގެ ކޮންގްރެސް ނިންމާލާފައިވަނީ ހާއްސަ ދުއާ އަކަށްފަހު ގައުމީ ސަލާމުންނެވެ.

އެމްއެމްޕީގެ ކޮންގްރެސްގައި މިއަދު ވަނީ އެ ޕާޓީގެ މައިގަނޑު ސިޔާސަތުތަކާއި އަސާސީ ގަވައިދަށް ހުށަހެޅުނު އިސްލާހުތައް ފާސްކޮށްފަ އެެވެ. އަދި ބައެއް މަގާމުތަކަށް ބޭފުޅުން އިންތިހާބުކޮށްފައިވެ އެވެ.

އެމްއެންޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ގޮފިތަކުގެ ރައީސުންނާއި ނާއިބު ރައީސުން ބައިވެރިވި އެވެ. އަދި ގައުމީ ހިންގާ ކައުންސިލް މެންބަރުންނާއި ޕާލިމެންޓަރީ ގުރޫޕްގެ މެންބަރުންގެ އިތުރުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންްގެ ގޮތުގައި ތިއްބެވި އެ ޕާޓީގެ މެންބަރުން ވެސް ކޮންގްރެސްގައި ބައިވެރިވި އެވެ.