އިންޑިއާ އަންހެނަކު އޭނާގެ ފިރިމީހާ އެހެން އަންހެނަކާ ކައިވެނި ކުރުވައި ދެ އަނބިން އެއްގޭގައި ދިރިއުޅެމުން އެބަ ދެއެވެ. މިއީ މުސްލިމުންގެ މެދުގައި މަދުން ނަމަވެސް ފެންނަ މަންޒަރެކެވެ. ނަމަވެސް ހިންދޫންގެ މެދުގައި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.
އަންދްރަ ޕްރަދޭޝްގެ ޓުރިޕަތީގައި ދިރިއުޅޭ މި އަންހެން މީހާ އޭނާގެ ފިރިމީހާ އެހެން އަންހެނަކާ ކައިވެނި ކުރުވީ ފައްޅިއަކަށް ގެންގޮހެވެ. މި ފިރިހެން މީހާ -- ކަލްޔާން އަކީ ވީޑީއޯ ޝެއާ ކުރާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޔޫޓިއުބާއި ޝެއާ ޗެޓްގައި މަޝްހޫރު ސެލެބްރިޓީ އެކެވެ.
އޭނާގެ ފުރަތަމަ އަނބިމީހާ ވިމާލާއާ ކަލްޔާން ކައިވެނިކުރީ ގިނަ ދުވަސް ތަކަކު ރައްޓެހިވެގެން އުޅެފައި ވަރަށް ލޯބިންނެވެ. އަދި އޭގެ ފަހުން ވީޑީއޯތައް ތައްޔާރުކޮށް ސޯޝަލް މީޑީއާގައި ޝެއާކުރުމުގައި ދެ މީހުންގެ ބައިވެރިވުން އޮތެވެ.
ކައިވެނީގައި މައްސަލަތަކެއް އުޅޭކަން ވިމާލާ އަށް ޔަގީންވީ ފިރިމީހާ އަބަދު މޫޑީ ވެގެން އުޅެން ފެށީމަ އެވެ. ވެގެން އުޅޭގޮތް އެނގުނީ ތަންކޮޅެއް ފަހުންނެވެ.
ވިމާލާގެ ކުރިން ކަލްޔާން އެހެން އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. އެއީ އޭނާގެ އަވަށްޓެރިއެއް ކަމަށްވާ ނިތިޔާ ޝްރީ އެވެ. ނަމަވެސް ދުވަސްކޮޅެއް ނުވެ ދެ މީހުންގެ މެދުގައި ކުނިޖެހި އެކަކު އަނެކަކާ ވާހަކަ ދެއްކުން ހުއްޓާލީ އެވެ.
ކަލްޔާން އޭނާއަށް ނޭނގި ކައިވެނިކުރިކަން ނިތިޔާ އަށް އެނގުމުން އެގެޔަށް އައިސް ކަލްޔާންގެ އަންހެނުން ވިމާލާއާ ބައްދަލުކުރި އެވެ. އަދި ކަލްޔާން އާއި އޭނާގެ ކައިވެނި ކޮށްދިނުމަށް އެދުނެވެ.
ނިތިޔާއާ ކައިވެނި ކުރަން ކަލްޔާން ވެސް އެއްބަސްވި އެވެ. ނަމަވެސް ދެ މީހުން އެކުގައި އެއް ގޭގައި ސުލްހަވެރިކަމާއެކު އުޅެން އެއްބަސްވާނަމަ އެވެ.
ވިމާލާ އާއި ނިތިޔާ އަށް މިކަމަށް އެއްބަސް ވެވުނީ ވަރަށް ގިނަ ދުވަހު ވާހަކަ ދައްކައިގެންނެވެ. އެންމެ ފަހުން ވިމާލާ ވަނީ އޭނާގެ ފިރިމީހާ އާއި ނިތިޔާ ގޮވައިގެން ފައްޅިއަކަށް ގޮސް އެ ދެމީހުންގެ ކައިވެނި ކުރުވާފަ އެވެ.
މިހާރު ތިން މީހުން ވަރަށް ހަމަޖެހިގެން އެއް ގޭގައި ދިރިއުޅެމުންދާ ކަމަށް އެމީހުން ބުނެ އެވެ.