އެސްޓީއޯ

އެސްޓީއޯ އިން ހިޓާޗީ ފްރިޖުގެ ޕްރޮމޯޝަނެއް ފަށައިފި

Sep 25, 2022

އެސްޓީއޯ އިން ހިޓާޗީ ފްރިޖުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އަތޮޅު ތެރޭގައި ހުންނަ އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުގައިވެސް މިއަދުން ފެށިގެން މިއަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހަށް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ފްރިޖު ގަންނަ ކަސްޓަމަރުންނަށް 20 ޕަސަންޓް ދިނުމަށް ހަމަޖެހިފައިވެ އެވެ.

ގަންނަ ފްރިޖުތަކުން ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ދޫކުރާނެ އެވެ.

ކޮންމެ ހަފްތާއަކު ހޮވާ ތިން ނަސީބުވެރިއަކަށް 1،500 ރުފިޔާގެ ގިފްޓް ވޮއުޗަރެއް ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

ގިފްޓް ވައުޗަރުގެ ދަށުން އިނާމުގެ ގޮތުގައި ލިބޭނީ ސުޕަމާކެޓް އައިޓަމްސްގެ ގޮތުގައި ހިމެނޭ، އާއްމުކޮށް ފްރިޖުގައި ރައްކާކުރާ ބާވަތުގެ ތަކެތި ކަމަށް އެސްޓީއޯ އިން ބުނެ އެވެ.