ވައްކަން

ޑައިންމޯ އިން 50،000 އަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

ހުޅުމާލޭގައި ހުންނަ ޑައިންމޯގެ މުވައްޒިފުންނަށް ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފި އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގައިފަވަނީ ރޭ ދަންވަރު 12:40 އެހާކަންހާ އިރު ކަމަށާއި އެ ހާދިސާގައި މުވައްޒަފުންނަށް ބިރުދައްކާ ފައިސާ ފޭރި ގަނެފައި ވަނީ ހުޅުމާލޭ ޑައިނަމޯގެ ސޭލްސް ނިންމައި ފައިސާ ހިފައިގެން ދިޔަ މުވައްޒިފުން އަތުން ކަމަށެވެ. އަދި ބުނީ އެމީހުންނަށް ތޫނު ހަތިޔާރުން ބިރުދައްކާފައި ވީނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.

ޑައިންމޯގެ އިސްވެރިޔަކު "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭ ހުޅުމާލޭގައި އެ ކުންފުނީގެ ދެ މުވައްޒަފަކު ސޭލްސް ނިންމާފައި ދިޔަ މަގުމަތީ ބަޔަކު ބިރުދައްކާގެން ގާތްގަނޑަކަށް 50،000 އަކަށް ރުފިޔާ ފޭރިގަނެފައިވާ ކަމަށެވެ.

ފުލުހުން ދަނީ މިމައްސަލަ ބަލަމުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.