މޯޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ

Sep 27, 2022

މެދުކެނޑުމަކަށްފަހު ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަން ނިންމައިފި އެވެ.

އިނގިރޭސިވިލާތުގެ ހީތުރޯ އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކޮންމެ ދުވަހަކު ކުރުމަށް ހަމަޖެހިފައިވަނީ ސީދާ ދަތުރުތަކެކެވެ.

މިދަތުރުތައް ފެށުމަށް މިހާރު ޝެޑިއުލްކޮށްފައިވަނީ އަންނަ މަހު 14 ވަނަ ދުވަހު އެވެ.

ބްރިޓިޝް އެއާލައިންގެ ދަތުރުތައް 2020 ވަނަ އަހަރުގެ ފަހުކޮޅުވެސް އަލުން ފެށުމަށް މަސައްކަތް ކުރި އެވެ.

ރާއްޖެއަށް ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

ދަތުރުތައް މެދުކަނޑާލީ މުޅި ދުނިޔެެއަށް ދިމާވި ކޮވިޑް 19ގެ ނުރައްކަލާ ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުންނެވެ.

މިއހަަރުގެ މިހާތަނަށް އިނގިރޭސިވިލާތުން 119،000 އަށް ވުރެ ގިނަ ފަތުުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ބްރިޓިޝް އެއާވޭސްގެ ދަތުރުތަކާ އެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.