މޯޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އިނގިރޭސިވިލާތުގެ ބިލިއަނަރު ރިޗަޑް ބްރޭންސަންގެ ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެެވެ.

ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ހެނދުނު ރާއްޖެ އައި ފުރަތަމަ ފްލައިޓްގައި 200 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިނގިރޭސިވިލާތުގެ ހީތްރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ބޯއިން 787 މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން ހަފްތާއަކު ތިން ފްލައިޓް ރާއްޖެއަށް ދަތުރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ބްރިޓިސް އެއާވެސް އިން ގެންދަނީ ރާއްޖެއަށް ސީދާ ދަތުރުތަކެއް ކުރަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މުހިއްމު އެއް މާކެޓަކީ އިނގިރޭސިވިލާތެވެ. މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން 115,300 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.