މޯޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ

ސިޗުއާން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ޗައިނާގެ ސިޗުއާން އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ޗައިނާގެ ޗަންގްޑޫ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮގަސްޓް މަހުގެ 29 އިން ފެށިގެންނެވެ.

ސިޗުއާން އެއާލައިނުން ހަފްތާ އަކު ތިން ދަތުރު ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ޗައިނާއަކީ ހަތަރުވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާ އިން 77،202 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ކޮވިޑް 19 އާއި ރާއްޖެ އަދި ޗައިނާގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.