މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

50 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކޮށްފި

ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ 50 އުޅަނދެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލްކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބާތިލްކުރި އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.

ރަޖިސްޓްރީ ބާތިލްކުރި ވެހިކަލްތަކުގެ ތެރޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެގެން ގޮސްފައިވާ އުޅަނދުތަކާއި ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދުތައް ހިމެނެ އެވެ.

ރަޖިސްޓްރީ ބާތިލްކުރި އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރުތައްވެސް މިނިސްޓްރީގެ އިއުލާންގައި އާންމުކޮށްފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ރަޖިސްޓްރީ ބާތިލްކުރި 50 އުޅަނދުގެ ތެރޭގައި ދެ ޕިކަޕް ވެސް ހިމެނެ އެވެ.