ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ މެސެޖު: ދިވެހިން ތިބީ ނާމާންކަމެއްގައި

Sep 27, 2022

ދިވެހިން ތިބީ ބަނަވެ ނާމާންވަމުންދާ ދުވަސްތަކެއްގެ ތެރޭގައި ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ގައުމީ ދުވަހާ ގުޅިގެން ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ޔާމީނަކީ އާންމުކޮށް ދިވެހި ބަހުން ޓްވީޓް ކުރައްވާ ބޭފުޅެއް ނޫނެވެ. ނަމަވެސް އެމަނިކުފާނު މިއަދު ޓްވީޓް ކުރައްވާފައިވަނީ ދިވެހި ބަހުންނެވެ.

ޔާމީންގެ މެސެޖުގައި ވިދާޅުވީ ބަނަވެ ނާމާންވަމުންދާ ދުވަސްތަކެއްގެ ހިތްދަތި ކަމާއެކުވެސް ގައުމީ ދުވަހުގެ ހެޔޮއެދުންތައް ރައްޔިތުންނަށް ފޮނުވާ ކަމަށެވެ.

ގައުމީ ދުވަސް ފާހަގަކުރަނީ ޕޯޗްގީޒުންގެ އަތްދަށުން ދިވެހިންނަށް މިނިވަންކަން ހޯއްދަވައިދެއްވި އުތީމު ބޮޑުތަކުރުފާނު ކުރެއްވި ގައުމީ ޖިހާދުގެ ޒިކުރާ އާކުރުމަށެވެ.

ގައުމީ ދުވަހު ބޮޑުތަކުރުފާނުގެ ޒިކުރާ އާކުރައްވައި އޭގެފަހުން ރައީސް ޔާމީން މާޔޫސްވެވަޑައިގަންނަވާކަން ސިފަކޮށްދެއްވީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅުވައިގެންނެވެ.

"ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ. ނަމަވެސް މިއަދު ލޮލުން ފާއްދާލަނީ ފުންއަސަރުގެ ކަރުނަ އެވެ." ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.