ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން ތެލެސީމިއާ ޕެކޭޖެއް ތައާރަފްކޮށްފި

ތެލެސީމިއާ ސްކްރީނިން ޕެކޭޖަކާއި ތެލެސީމިއާ ޗެކަޕް ޕެކޭޖެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފި އެވެ.

އަލަށް ތެލެސީމިއާ ޓެސްޓު ހަދަން ބޭނުންވާ މީހުންނަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ ތެލެސީމިއާ ސްކްރީނިން ޕެކޭޖްގެ ޒަރިއްޔާއިން އެމީހަކީ ތެލެސީމިއާ ކެރިއަރެއް ތޯ ބަލައިލެވޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި އާއިލާއެއް ފެށުމަށް ތައްޔާރުވަމުންދާއިރު ތެލެސީމާއާއަށް ސްކްރީން ކުރުމަކީ މުހިންމު ކަމެކެވެ.

ތެލެސީމިއާ ޗެކަޕް ޕެކޭޖަކީ ތެލެސީމިއާ ހުންނަ މީހުންނަށް އެ ބަލި މެނޭޖުކުރުމަށް ބޭނުންވާ މުހިއްމު ކަންތައްތަކާއި ޗެކަޕްތައް ފަސޭހައިން ހެދޭނެ އިންތިޒާމުތަކާ އެކު ފަރުމާކޮށްފައިވާ ޕެކޭޖެކެވެ.

މީގެ އިތުރުން ތެލެސީމިއާ ކުދިންނަށް، އަޔަން ކިލޭޝަން ތެރަޕީ އިތުރު ހިދުމަތެއްގެ ގޮތުގައި ޓްރީ ޓޮޕުން ފޯރުކޮށްދޭނެ ކަމަށްވެސް އެ ހޮސްޕޓަލުން މައުލޫމާތު ދެއެވެ.

އަޔަން ކިލޭޝަން ތެރަޕީ އަކީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން، ހަށިގަނޑުގައި އިތުރުވެފައި ހުރި ދަގަނޑުގެ ބައިތައް ބޭރުކުރުމަށް ދެވޭ ފަރުވާ އެކެވެ.

ތެލެސީމިއާ އަކީ ލޭގައި ހިމެނޭ ހިމަގްލޯބިން ފުރިހަމައަށް އުފައްދައި ނުދިނުމުގެ ސަބަބުން މުޅި އުމުރަށް މީހާ ލޭއަޅަންޖެހޭ ޖެހުމެވެ. ތެލަސީމިއާ އަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ކަމެކެވެ.