ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ކުޑަހުވަދޫއަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދ. ކުޑަހުވަދޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި އެޕާޓީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ކުޑަހުވަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ރައީސް ޔާމީން ކުޑަހުވަދޫއަށް ކުރައްވާ ދަތުރުފުޅުގައި، ބުރާސްފަތި ދުވަހުގެ ރޭ އެރަށުގައި ޖަލްސާއެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

ކުޑަހުވަދޫގެ ރައްޔިތުންނާ ރައީސް ޔާމީން ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޕީޕީއެމުން ބުނެ އެވެ.

މީގެއިތުރުން ޕީޕީއެމްގެ ހަރަކާތްތައް ކުޑަހުވަދޫގައި އިތުރުކުރުމާއި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައިވެ އެވެ.