އަލިފާން

ސްޓެލްކޯގެ ފްލެޓެއްގައި އަލިފާން ރޯވެއްޖެ

Sep 27, 2022
33.3%
33.3%
33.3%

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން ހަދާފައިވާ ފްލެޓެއްގައި އަލިފާން ރޯވެއްޖެ އެވެ.

ސްޓެލްކޯގެ ފްލެޓެއްގައި ރޯވެފައިވާ ކަން އެޗްޑީސީގެ އޮފިޝަލަކު ވަނީ އަވަސް އަށް ޔަގީންކޮށްދީފަ އެވެ.

އަވަސް އަށް ލިބިފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އަލިފާން އެންމެ ފުރަތަމަ ރޯވި ފްލެޓްގައި އަލިފާން ރޯވި ފަހުން އެ ފްލެޓްގެ ތިރިއަށް ހުރި ފްލެޓްގައިވެސް އަލިފާން ކޮންމެވެސް ވަރަކަށް ރޯވެފައިވެ އެވެ.

ފުރަތަމަ އަލިފާން ރޯވި ފްލެޓްގައި ވަރަށް ބޮޑަށް ހުޅުހިފާފައިވާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.

އެމްއެންޑީއެފް އިން ބުނީ ސެޓެލްކޯ ޓަވަރުގެ ހަތަރުވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ހުޅުމާލޭ ފަޔަ ސްޓޭޝަނަށް ލިބުނީ މިރޭ 6:45 ހާއިރު ކަމަށެވެ. ހާދިސާ ހިންގި ސަރަހައްދަށް ސިފައިން ދިޔައިރު ގޭގެ ވެރިފަރާތުން އަލިފާން ނިއްވާލާފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ސިފައިން ބުނެފައިވެ އެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހަދާފައިވާ މި ފްލެޓްތަކުގައި މުވައްޒަފުން ދިރިއުޅެން ފެށީ މިދިޔަ މަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910