އުރީދޫ

އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް ލޮލުގެ ސްކްރީނިން ހިލޭ

އުރީދޫގެ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަކޮށް ހިލޭ ލޮލުގެ ސްކްރީނިން ހެދޭނެ އޮފާއެއް ތައާރްކޮށްފި އެވެ.

އައިކެއާ އާއި ގުޅިގެން މި އޮފާ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އަބަދުވެސް އެ ކުންފުނިން ތަފާތު ނަންނަމުގައި ޕްރޮމޯޝަންތައް ހިންގަ އެވެ.

އުރީދޫގެ ކްލަބް ޕްރިމިއާ މެންބަރަކަށް ވެވޭނީ 1،000 ރުފިޔާއަށް ވުރެ މަތީގެ ޕޯސްޓް ޕެއިޑް ޕެކޭޖެއް ނެގުމުން ނުވަތަ އުރީދޫ ސުޕަނެޓް ޕެކޭޖުގެ 40އެމްބީއަށް ވުރެ މަތީގެ ޕެކޭޖެއް ނެގުމުންނެވެ.