މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އިންޑިއާ ސަރުކާރުން ކަރެކްޝަނަށް ލޯންޗެއް ހަދިޔާކޮށްފި

އިންޑިއާ ސަރުކާރުން ލޯންޗް ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
0%
0%
0%

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އިންޑިއާ ސަރުކާރުން ލޯންޗެއް ހަދިޔާކޮށްފި އެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން މި ލޯންޗް ހަދިޔާކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. ކަރެކްޝަންސްގެ ފަރާތުން ލޯންޗާ ހަވާލުވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ.

މިރަސްމިއްޔާތުގައި، މިހާރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެއިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އިބްރާހީމް އަމީރު އާއި ކަރެކްޝަންސްގެ ބައެއް އޮފިސަރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު ވަނީ ރާއްޖެއިން 100 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެގްރިމެންޓެއްގައިވެސް އިންޑިއާއާ އެކު ސޮއިކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި 100 މިލިއަން ޑޮލަރު ބޭނުންކުރާނީ މިހާރު ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކަށެވެ.

ވިނޭ މޯހަންގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ބައެއް ވަޒީރުންނާ ބައްދަލުކުރައްވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345