މޯލްޑިވްސް ޕޮލިސް ސާވިސް

ކޯޓަށް ފިލައިގެން އުޅޭ ދެ މީހަކު އަނެއްކާވެސް ހޯދަަނޯީ

Oct 2, 2022

މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހޯދަން ކުރިން އިއުލާންކުރި ދެ މީހަކު ހޯދަން އަނެއްކާވެސް މިއަދު އިއުލާންކޮށްފި އެވެ.

ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދަނީ ތ. ވިލުފުށި، ހައިވަކަރުގެ، އިބްރާހީމް އިރުފާނު (21އ) އާއި، ކ. މާލެ، ދަފްތަރު ނަންބަރު ދރ.521، އުޝާން އަދުނާން (26އ) އެވެ.

މި ދެ މީހުން ހޯދަން ފުލުހުން އެންމެ ފުރަތަމަ ހޯދީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

އިރުފާނާއި އުޝާން ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން މިއަދު ކުރި އިއުލާންގައި ބުނެފައިވަނީ އުޝާން އާއި އިރުފާން ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވުމުން ކޯޓަށް ހާޒިރުވާނެކަމުގެ މައުލޫމާތުދީ ތަކުރާރުކޮށް ކޯޓަށް އޮޅުވާލައި، ހުކުމް ކުރުމުގެ އަޑު އެހުމަށް ހާޒިރުވެފައި ނުވާތީ ކަމަށެވެ

"މި ދެ މީހުންގެ އަމަލުތައް ހުރި ގޮތުން މި މީހުން ފިލާފާނެކަމުގެ އިހުތިމާލު އޮތަތީ، ފުލުހުންގެ ބަންދުގައި ބައިތިއްބައިގެން 2022 އޮކްޓޯބަރު ހަތަރު ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ." ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ފުލުހުން ވަނީ މި ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.