ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ބަހްރައިން އަށް ވަޑައިގަންނަވަނީ

Oct 4, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބަހްރައިން އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް ސޯލިހްގެ މިދަތުރުފުޅަކީ ބަހުރައިންގެ ރަސްގެފާން ހަމަދު ބިން އިސާ އަލް ޚަލީފާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.


ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ސޯލިހް ބަހުރައިން އަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށް ގެންދަވާނީ މިމަހުގެ ފަހަކުން އަށަކަށް ކަމަށެވެ.

"މިދަތުރުފުޅުގެ މައުލޫމާތު ފަހުން ހާމަކުރާނަން،" މިއުވާން ވިދާޅުވި އެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ބަހްރައިން އަކީ ރާއްޖޭގެ ތަރައްގީގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އަދި ރާއްޖެއާ ވަރަށް ގާތްގުޅުންތަކެއް އަބަދުވެސް ބާއްވާ ގައުމެކެވެ.