ލައިފްސްޓައިލް

ހަލީމާ އާއި ރަޝާދުގެ އާދަޔާޚިލާފު ލޯބީގެ ވާހަކަ

އުމުރުން 78 އަހަރުގެ ފިރިހެނެއް ދެކެ 18 އަހަރުގެ އަންހެން ކުއްޖަކަށް ހަގީގީ ލޯބި ވެވިދާނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ ފިލިޕީންސްގެ މުސްލިމް އާއިލާއެއްގެ ކުއްޖެއް ކަމަށްވާ ހަލީމާ އަބްދުﷲ ބުނާ ގޮތުގައި އޭނާއަށް ރަޝާދު މަންގަކޮޕް ނަމަކަށް ކިޔާ 78 އަހަރުގެ ފިރިހެން މީހާ ދެކެ ވެވުނީ ހަމަ ހަގީގީ ލޯތްބެވެ.

މި ދެ މީހުންގެ ކައިވެނީގެ ވީޑީއޯތައް މިހާރު ސޯޝަލް މީޑިއާގައި ޓްރެންޑް ވަމުންދާއިރު އެމީހުން ފެންނަނީ ވަރަށް އުފަލުން ތިއްބަ އެވެ.

ރަޝާދަކީ ދަނޑުވެރިއެކެވެ. އޭނާ އާއި ހަލީމާ ފުރަތަމަ ބައްދަލުވީ ކައިވެނި ޕާޓީތަކުންނެވެ. ނަމަވެސް ހަލީމާ އަކީ އޭނާގެ ހަޔާތުގެ ބައިވެރިޔަކަށް ވެދާނެ ކަމަކަށް އޭރު ރަޝާދު ހިތަށްވެސް ނާރަ އެވެ.

"ދަ މިރާ"ގައިވާ މި ރިޕޯޓުގައި ބުނެފައިވާ ޣޮތުގައި ހަލީމާ އާއި ރަޝާދުގެ ގުޅުމަށް އެމީހުންގެ އާއިލާގެ އެންމެން ވެސް ރުހި ގަބޫލެވެ.

ހަލީމާ އާއި ރަޝާދުގެ އުމުރުގައި 60 އަހަރުގެ ތަފާތު އެބަހުއްޓެވެ. މި މީހުން ބުނާ ގޮތުގައި އެމީހުންގެ ހަޔާތުގައި މީގެ ކުރިން ދުވަހަކުވެސް މީހަކު ދެކެ ލޯތްބެއް ނުވެވެ އެވެ. އެމީހުންގެ ތިމާގެ މީހުން ބުނާ ގޮތުގައި ބައްދަލުވީތާ މާގިނަ ދުވަހެއް ނުވެ އެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބި ވެވުނީ ކަމަށެވެ.

ކައިވެނި ޕާޓީން ފުރަތަމަ ބައްދަލުވީ ފަހުން ހަލީމާ އާއި ރާޝިދު ލޯބީގެ ގޮތުން ގުޅިގެން ތިން އަހަރު އުޅެފައި ވެއެވެ. އަދި އޭގެ ފަހުން ދެ މީހުން ކައިވެނިކުރަން ގަސްތުކުރުމުން ދެ ފަރާތުގެ އާއިލާގެ ފުރިހަމަ އެއްބާރުލުން އެމީހުންނަށް ލިބުނެވެ.

އުމުރުން 78 އަހަރު ފުރިފައި ވިޔަސް ރާޝިދު ވެސް ހަލީމާ ނޫން މީހަކާ ކައިވެނިކޮށްފައެއް ނުވެ އެވެ. ލޯބިވާ މީހަކު ނުފެނިގެންނެވެ. އެހެންވެ ރާޝިދުގެ ކައިވެންޏަށް އޭނާގެ އާއިލާގެ ފުރިހަމަ ތާއީދު ލިބުނީ އެވެ.

މުސްލިމުން ކައިވެނިކުރާ ގޮތަށް ދެ މީހުން މިހާރު ވަނީ ކައިވެނިކޮށްފަ އެވެ. އަދި ވަރަށް އަވަހަށް ކުދިން ހޯދަން ވެސް އެމީހުން ބޭނުންވެ އެވެ.

އުމުރުން ވަރަށް ދޮށީ ފިރިހެނުންނާއި ހަގު އަންހެން ކުދިން ކައިވެނި ކުރުމަކީ ފިލިޕީންސްގައި ވަރަށް އާންމު ކަމެކެވެ. ނަމަވެސް ހަލީމާ އާއި ރާޝިދު ކަހަލަ ލޯބިވާ މީހުން ފެންނަނީ ވަރަށް މަދު ފަހަރަކު އެވެ.