ދެކުނު ކޮރެއާ އާއި އެމެރިކާ އަދި ޖަޕާން ގުޅިގެން އަންގާރަ ދުވަހު ބޭއްވި އަސްކަރީ ފަރިތަކުރުން ތަކެއްގައި ފޮނުވާލި މިސައިލެއް ނުގޮވުމުން އާންމުނަށް އެކަން ވެފައި ވަނީ ބިރުވެރި ކަމަކަށެވެ.
މިކަމާ ގުޅިގެން ދެކުނުގެ އަސްކަރިއްޔާއިން މާފަށް އެދި ބަޔާނެއް ވެސް ވަނީ ނެރެފަ އެވެ. ބަޔާނުގައި އިތުރު ތަފުސީލަށް ނުގޮސް މިސައިލްގެ ވޯހެޑް ނޮގޮވުން ބިރުވެރި ކަމަކަށް ވެފައި ވާތީ މާފަށް އެދޭ ކަމަށް ވަނީ ބުނެފަ އެވެ.
އުތުރު ކޮރެއާއިން ޖަޕާން މަތިން ބެލިސްޓިކް މިސައިލް ފޮނުވާލި މައްސަލާގައި ދެކުނު ކޮރެއާ އާއި ޖަޕާން އޮތީ ވަރަށް ރުޅިގަދަވެފަ އެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާ އަދި ޖަޕާންގެ ރުހުމާއެކު އަންގާރަ ދުވަހު ބޭއްވި އަސްކަރީ ފަރިތަކުރުންތައް -- ބާރުގަދަކަން ދައްކާލަން ބޭއްވި ޝޯ އަކީ އުތުރު ކޮރެއާއަށް ބިރުދައްކަން ބޭއްވި ފަރިތަކުރުން ތަކެވެ.
އިތުރު ކޮރެއާގެ އަސްކަރީ ހަރަކާތްތައް މިހާރު އޮތީ މެކުހަށް ޖަހާފަ އެވެ. ދުރު ރާސްތާ އަދި މެދު ރާސްތާ ބެލިސްޓިކް މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ވޯހެޑް އުފުލޭ ފެންވަރުގެ މިސައިލްތައް ވަނީ ވަނީ ޓެސްޓްކޮށްފަ އެވެ.
މިއީ އުތުރުން ކީއްކުރަން ކުރާ ކަމެއް ކަމެއް ނޭނގެ އެވެ. އެހެން ނަމަވެސް، ދެކުނު ކޮރެއާ އާއި ޖަޕާންގައި އެމެރިކާ ސިފައިން ތިބުމަކީ އުތުރުން ވަަރަށް ކަންބޮޑުވާ ކަމެކެވެ.
އުތުރު ކޮރެއާ ބުނާ ގޮތުން އަސްކަރީ ގޮތުން ބާރުގަދަ ކުރުމުގެ ބޭނުމަކީ އެމެރިކާއާ ސީދާ ކުރިމަތިލުމެވެ. މިސައިލްތައ ޓެސްޓް ކުރުމަށް ފަހު ވެސް އިތުރުން ބުނާ ބުނުމަކީ އެމެރިކާއާ ކުރިމަތިލެވޭ ވަރު ވެއްޖެ ކަމަށެވެ.
ދެކުނު ކޮރެއާއިން ޓެސްޓަށް ފޮނުވާލި މިސައިލް އިރުކޮޅެއް ނުވެ ވަނީ ވެއްޓިފަ އެވެ. އެހެން ނަމަވެސް މީހަކަށް އަދި ތަނަކަށް ބޮޑު ގެއްލުމެއް ނުލިބެ އެވެ.