ރައީސް އަބްދުﷲ ޔާމީން

ޓެރަރިޒަމް ހުއްޓުވަން މި ސަރަހައްދުގެ ގައުމުތަކަށް އެކީ މަސައްކަތް ކުރެވިދާނެ: ރައީސް

Jan 14, 2016
ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ދެ ވަޒީރުނާއި ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަދި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ޓެރަރިޒަމް ހުއްޓުވުމަށްޓަކައި މިސަރަޙައްދުގެ ގައުމުތަކަށް އެކުގައި މަސައްކަތް ކުރެވިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނގެ އަރިހަށް ސްރީލަންކާގެ ހާރިޖީ ވަޒީރު، މރ. މަންގަލަ ސަމަރަވީރައާއި މާލީ ވަޒީރު، ހިޒް އެކްސެލަންސީ މިސްޓަރ ރަވީ ކަރުނަނަޔަކެ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ‏ރާއްޖެއާއި ސްރީލަންކާއާ ދެއުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރުމާ‏‎ ‎‏ބެހޭގޮތުން އެ ދެ ވަޒީރުންނާ މަޝްވަރާ ކުރައްވާފައެވެ.

ސްރީލަންކާގެ ޚާރިޖީ ވަޒީރު މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު ދެއްވިކަމަށްޓަކައި ރައީސަށް ޝުކުރު އަދާ ކުރައްވާ ސްރީލަންކާއާ ރާއްޖެއާއި ދެމެދުގައިއޮތް ގުޅުން ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި އެއްބާރުލެއްވުން ދެއްވާނެކަމަށް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910