އެސްޓީއޯ

ވޯލްޑްކަޕަށް އަމާޒުކޮށް އެސްޓީއޯ އިން ވިއްކާ ޓީވީތަކަށް ޕްރޮމޯޝަނެއް

Oct 5, 2022

އެސްޓީއޯ އިން ވިއްކަމުންދާ ސެމްސަންގް އަދި ފިލިޕްސް ބްރޭންޑުގެ ޓީވީ ގަންނަ ކަސްޓަމަރުންނަށް "ހޭވައްލާ ތައްޔާރު"ގެ ނަމުގައި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއީ އަންނަ މަހު ފަށާ ވޯލްޑްކަޕާއި ގުޅުވައިގެން އެސްޓީއޯ އިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުގައި މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ސެމްސަންގް އަދި ފިލިޕްސް ބްރޭންޑުގެ ޓީވީއެއް އެސްޓީއޯ އިން ގަނެފިނަމަ 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. ގަންނަ 50 އިންޗީ (މޮޑެލް 50PUT8115/98)ގެ ފިލިޕްސް ޓީވީއަކާއެކު ސައުންޑްސްޕީކާ ބާ އެއް އަދި ބްރެކެޓް ހިލޭ ލިބެ އެވެ.

މި ޕްރޮމޯޝަންގެ ބައިވެރިންގެ މެދުގައި ހޮވޭ ގުރުއަތަކުން އެއްވަނަ އަށް ހޮވޭ ކަސްޓަމަރަކަށް އައިފޯން 14 ޕްރޯ މެކްސްއެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. ގުރުއަތުން ދެވަނައަށް ހޮވޭ ކަސްޓަމަރަކަށް ޕީއެސް 5 އެއް ވީއާރް އާއެކު ލިބޭއިރު ތިންވަނަ އަށް ހޮވޭ ކަސްޓަމަރަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ. ވައުޗަރަށް ނެގޭނީ ގެއާއި ބަދިގޭ ސާމާނު ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނީ އެސްޓީއޯ އިން 500 ރުފިޔާގެ ވިޔަފާރިއެއް ކޮށްގެންނެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވަގުތުން އިނާމު ލިބޭ ބައެއް ގޭމްތައް ވެސް މިދުވަސްވަރު ކުރިއަށްދާނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.