ސީޕްލޭން ޓަމިނަލް

ސީޕްލޭން ޓާމިނަލް ރަސްމީކޮށް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި "ނޫވިލު" ސީޕްލޭން ޓާމިނަލް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

އާ ޓާމިނަލްގައި މިއަދު އޮތް ރަސްމިއްޔާތެއަގައި ޓާމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ.

މިރަސްމިއްޔަތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއޭސީއެލްގެ އިސްވެރިންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލީޝިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފެންވަރު ރަނގަޅު އެ ޓާމިނަލަކީ 55 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މިޓާމިނަލުގައި ވައިއިޕީ ބަޔަކާއި 42 ލައުންޖު ހިމެނެ އެވެ. މީގެ ތެރެއިން ދެ ލައުންޖު އެމްއޭސީއެލް އިން ބޭނުން ކުރާއިރު ބާކީ 40 ލައުންޖު ހުރީ ރިސޯޓުތަކަށް ކުއްޔަށް ދީފަ އެވެ.

ސީ ޕްލޭން ޓާމިނަލް ދުވާލެއްގެ މައްޗަށް ބޭނުން ކުރާ މީހުންގެ އަދަދު 4،000 އާއި 6،000 އަށް އަރާނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގައި އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ޖެނުއަރީ 29، 2018 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.