ވެލިދޫ

އެކުވެރިޔާއަށް ހަމަލާދީ ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި

Oct 7, 2022
2

ނ. ވެލިދޫގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ މީހަކަށް ހަމަލާދީ ޒަހަމްކޮށްލުމަށްފަހު ފިލައިގެން އުޅުނު މީހާ ހައްޔަރުކޮށްފި އެވެ.

މި މީހާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ރ. ދުވާފަރުގައި ހުއްޓަ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

އަވަސް އަށް މައުލޫމާތު ދިން ވެލިދޫގެ ބައެއް މީހުން ބުނި ގޮތުގައި ޒަހަމުވި އުމުރުން 19 އަހަރުގެ ޒުވާނާއަށް ހަމަލާ ދިނީ އޭނާގެ އެކުވެރިއެކެވެ.

ޒުވާނާއަށް ހަމަލާދީފައިވަނީ އޭނާގެ މައިބަދައާއި ބޮލަށެވެ. ހަމަލާއަށްފަހު ޒުވާނާ މާލެ ގެނެސް ފަރުވާ ދެމުންދާއިރު ހަމަލާއާ ގުޅިގެން ލިބުނު އަނިޔާތަކުގެ ސަބަބުން ޒުވާނާގެ އެއް ފައި އައްސިވެ ހަރަކާތް ނުކުރާ ކަމަށްވެސް މައުލޫމާތު ދިން ބައެއް ބުނެފައިވެ އެވެ.