ކުށްކުރުން

މާރާމާރީއެއްގައި މީހަކު ޒަހަމުކޮށްލައިފި

Oct 5, 2022

ނ. ވެލިދޫގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު ޒަހަމްކޮށްލި ފަހުން ޕެރަލައިޒްވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މާރާމާރީ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 12:30 ހާއިރު އެވެ.

މާރާމާރީގައި ޒަހަމުކޮށްލާފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އަނިޔާވި މީހާއަށް ވެލިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މި މަރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މިއަދު ހައްޔަރުކޮށްފަ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.