ހަބަރު

ދުވާފަރުގައި ވެސް ވަޅިން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި

Sep 16, 2018

ރ. ދުވާފަރުގައި ރޭ މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލައިފި އެވެ. ހަމަލާދީފައިވަނީ އެ ޒުވާނާގެ ބަނޑަށާއި
ބުރަކަށްޓަށެވެ.

ދުވާފަރު ކައުންސިލް އިދާރާ ކައިރީގައި ހިންގި މާރާމާރީގައި ޒަހަމްވި 21 އަހަރުގެ ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އެ ރަށު ހެލްތް ސެންޓަރުންނެވެ. ނަމަވެސް ޒުވާނާގެ ހާލު ސީރިއަސްވެ، އުނގޫފާރު ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފަ އެވެ.

ފުލުހުން ފޯނަށް ޖަވާބު ނުދެއްވާތީ މި މާރާމާރީއާ ގުޅޭ ތަފްސީލެއް ނުލިބެ އެވެ. ރޭ ފުވައްމުލައް ސިޓީގައި ވެސް ވަނީ ޒުވާނެއްގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ. ރޭ ފުވައްމުލަކުގައި ވެސް ވަނީ މީހެއްގެ ގަޔަށް ވަޅި ޖަހައި ޒަހަމްކޮށްލައިފަ އެވެ.