ހިންމަފުށީ

ހިންމަފުށި ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި

Oct 7, 2022

ކ. ހިންމަފުށި ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަަސައްކަތްތައް އެމްޓީސީސީން ނިންމާލައިފި އެވެ.

ދައުލަތުގެ ބަޖެޓުން 5.3 މިލިއަން ރުފިޔާ ހަރަދުކުރި މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ޑިސެމްބަރު 29، 2019 ގައެވެ. މަސައްކަތްތައް މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

ހިންމަފުށި ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 19،895 އަކަމީޓަރުގެ ސަރަހަދެއް ބަނދަރުގެ ބައެއްގެ ގޮތުގައި ފުންކުރުމާއި، 9،900 އަކަމީޓަރުގެ ނެރެއް ފުންކުރުމާއި، ދެވަނަ ފިޔަވަހީގައި ހެދި ބަނދަރަށް 1،443 އަކަމީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، ފުރަތަމަ ފިޔަވަހީގައި ހެދި ބަނދަރަށް 1،200 އަކަމީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓެއް ހެދުން ހިމެނެ އެވެ.

މީގެއިތުރުން 311 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 251 މީޓަރުގެ އެއްގަމުތޮއްޓެއް ލުމާއި، 15 މީޓަރުގެ ބޭރު ތޮއްޓެއް ލައިދިނުމާއި، 25 މީޓަރުގެ ދިގު ހަ މީޓަރުގެ ފުޅާ ބްރިޖެއް ހެދުމާއި، 63 މީޓަރު ދިގު 4 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކޮށް، މޫރިންގ ބްލޮކްސް ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރެއިން އެކުންފުނިން ވަނީ ކޮށްފައެވެ.

ގާތްގަނޑަކަށް 1،130 މީހުންގެ އާބާދީއެއް އޮތް ހިންމަފުށްޓަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ އަދި ފަތުވެރިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ ރަށެކެވެ. ލޯކަލް ޓޫރިޒަމާ އެކު ފަރުމަހުގެ މަސްވެރިކަން ފުޅާވެ "ބިގް ގޭމް ފިޝިން" އަދި އެކްސްކާޝަން އަށް ތަރުހީބު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިކަމާ ގުޅިގެން އެރަށަށް ބަނދަރު ކުޑަވުމުގެ މައްސަލަ ވަރަށް ބޮޑުވެފަ އެވެ. ނަމަވެސް އަލަށް ލިބުނު ބޮޑު ބަނދަރާ އެކު ހިންމަފުށި ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބި ބޮޑެތި ލުއި ތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި ބާރު ބޮޑުވެފައި އޮތް ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި އިތުރުވަމުންދާ އުޅަނދު ފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ލިބޭނެ ކަމަށްވެސް އެމްޓީސީސީން ދެކެ އެވެ.

"މިބަނދަރު ތަރައްގީކުރެވި ފުރިހަމަ ވެގެންދިއުމަކީ އިގްތިސާދީ ގޮތުން ބެލިކަމުގައިވިޔަސް މިކަމުގެ ފައިދާ ހިންމަފުށި ރައްޔިތުންނަށް އިންތިހާއަށް ލިބިގެންދާނެ މުހިއްމު މަޝްރޫއު އެކެވެ." އެމްޓީސީސީން ބުނެ އެވެ.