ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ހއ. އަތޮޅަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހއ. އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ޕީޕީއެމުން ބުނި ގޮތުގައި އެޕާޓީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ހއ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 އިން 15 އަށެވެ.

މިދަތުރުފުޅުގައި ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ރައީސް ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް ޔާމީން ކުރައްވާ މި ދަތުރުފުޅުގައި ޕާޓީގެ މެންބަރުންނާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.

މީގެއިތުރުން ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވާނެ ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހއ. އިހަވަންދޫގައި 14 މަޝްރޫއު، ކެލާގައި 16 މަޝްރޫއު، ދިއްދޫގައި 27 މަޝްރޫއު، ބާރަށުގައި 17 މަޝްރޫއު އަދި ތުރާކުނުގައި 15 މަޝްރޫއު ހިންގާފައިވާނެ ކަމަށްވެސް ޕީޕީއެމުން ބުނެ އެވެ.