ދިރާގު

ކަނޑުއަޑީގެ ފޮޓޯ މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު

Oct 10, 2022

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ "50 ބެސްޓް ސައިޓް ރީފް ހެލްތުޗެކް ފޮޓޯޝޫޓް" މުބާރާތުގެ މެރިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މިކަމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އިސްމާއީލް ރަޝީދެވެ.

އޯޝަން ޖިއޮގްރަފިކް އާއި މޯލްޑިވްސް ރެލެވެންސް އޮފް ޑައިވް އޮޕަރޭޓާސްއާ ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތުން ލިބޭ މައުލޫމާތުގެ އެހީގައި ރާއްޖޭގެ ފަރުތައް އިތުރަށް ދިރުވުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

"މި ހަރަކާތް އަހަރަކު އެއްފަހަރު ބޭއްވުމަށް މަސައްކަތް ކުރާނަން. މުބާރާތުން ވަނައެއް ލިބުމަކީ ފޮޓޯގްރާފަރުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ރަޖިސްޓްރީކުރުމަށް ހާއްސަ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭއިރު މުބާރާތް ކުރިއަށްދާނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.