ރައްޔިތުންގެ މަޖިލިސް

މަސްވެރިންނާ ގުޅޭ މުޒާހަރާ ރޫޅާލުމުން ހުށަހެޅި ކުއްލި މައްސަަލަ ބޭރުކޮށްލައިފި

Oct 11, 2022

މަސްވެރިންގެ ހައްގުގައި ކުރި މުޒާހަރާ ރޫޅާލީ ހާލާތަ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލަ ބޭރިކޮށްލައިފި އެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވީ އިއްޔެގެ މުޒާހަރާ އިންތިޒާމު ކުރި ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ މުޒާހަރާ ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމަށްފަހު 10 މީހަކު ހައްޔަރުކޮށްގެން ގެންދިޔައީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. ހިޔާލުފާޅުކުރުމަކީ ކޮންމެ މީހަކަށްވެސް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ބާރުގެ ބޭނުންކޮށްގެން ފުލުހުން މުޒާހަރާތައް ރޫޅާލަނީ ސަރުކާރުން އަންގައިގެން ކަމަށްވެސް މައްސަލައިގައި ތުހުމަތުގައި ކޮށްފައިވެ އެވެ.

މުޒާހަރާ ރޫޅާލިއިރު އަންހެނުންތަކެއްގެ ކަރާމާތަށް އަރައިގެން ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކޮށްދިނުމަށްވެސް ގޮވާލާފައިވެ އެވެ.

މިމައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދޭން ރިޔާސަތު ހުޅުވާލުމުން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 23 މެންބަރުން ވޯޓު ދެއްވި އެވެ.