އެމްއެންޑީއެފް

ގެއްލުނު ފަތުރުވެރިޔާ ވޭވަށުގައި ހުއްޓާ ފެނިއްޖެ

Oct 11, 2022

މ. މުލި ރާޅުގަނޑު ސަރަހައްދުން ގެއްލިގެން ހޯދަމުން ދިޔަ ފަތުރުވެރިޔާ ފެނިއްޖެ އެވެ.

މުލި ކައުންސިލާ ހަވާލާދީ އެމްއެންޑީއެފް އިން ބުނީ ހޯދަމުން ދިޔަ މީހާ ފެނުނީ މ. ވޭވަށުން ކަމަށެވެ.

ފަތުރުވެރިޔާގެ ހާލު ރަނގަޅެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް ނޭނގެ އެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ސަފާރީއެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިޔެކެވެ.

އެނާ ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓްކުރީ މިއަދު މެންދުރު 12:47 ހާއިރު އެވެ. އޭނާ ފެނުނީ މީގެއިރުކޮޅެއް ކުރިންނެވެ.