ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ހާއްސަކޮށްފައިވާ ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު އިރުއޮއްސެނިކޮށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު އެތަނުން މަރުވެފައި އޮތް ފިރިހެނަކު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި މީހާ މަރުވެފައި އޮތީ މިވަގުތު އެއްވެސް ބަޔަކު ބޭނުންކުރާ އެޕާޓްމަންޓެއްގައި ނޫން ކަމަށެވެ.
މަރުވެފައި އޮތް މީހާ ފެނުނު އެޕާޓްމަންޓްގައި ފުލުހުންގެ ތަހުގީގު ޓީމެއް މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މިމައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.