ޔޫއެން

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ ހޮވިއްޖެ

Oct 11, 2022
1

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ އިން ވާދަކޮށް އިންތިހާބު ކާމިޔާބުކޮށްފި އެވެ.

އިންތިހާބު ކުރާ 14 ގޮނޑިއަށް ރާއްޖެއާ އެކު 17 ގައުމަކުން ވާދަކުރި އެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިރޭ ކުރިއަށް ގެންދިޔަ އިންތިހާބުގައި ވޯޓުލީ 189 ގައުމުގެ ތެރެއިން 154 ގައުމުގެ ވޯޓު ރާއްޖެއަށް ލިބިފައިވެ އެވެ.

ރާއްޖެ ހޮވުނީ އޭޝިއާ ޕެސިފިކް ސަރަހައްދަށް ހާއްސަކޮށްފައިވާ ހަތަރު ގޮނޑީގެ ތެރެއިން ގޮނޑިއަކަށެވެ. އަނެއް ތިން ގޮނޑިއަށް ހޮވުނީ ވިއެޓްނާމް، ބަންގްލަދޭޝް، ކިރިގިސްތާން އެވެ.

މިއީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ ހޮވުނު ތިންވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖެ އިން ވަނީ 2011 އިން 2026 އަށް ވިދިވިދިގެން ދެ ދައުރު މެންބަރުކަން ކޮށްފަ އެވެ.

އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް މެންބަރުން ހޮވަނީ ދެ އަހަރުގެ ދައުރަކަށެވެ. ރާއްޖޭގެ ތިންވަނަ ދައުރު ފެށޭނީ އަންނަ އަހަރު އެވެ.