އެޗްޑީސީ

ހިޔާ ސަރަހައްދުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ކްލިނިކެއް ހުޅުވައިފި

Oct 12, 2022

ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވައިފި އެވެ.

މި ކްލިނިކް ހުޅުއްވައިދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާތިރު އަބްދުއްރަހްމާން އެވެ.

ނަފްސު ސައިކޮލޮޖިކަލް ސާވިސްގެ ނަމުގައި ކްލިނިކް ހުޅުވާފައިވަނީ ހިޔާ ޓަވަރު 11 ގައެވެ.

މި ކްލިނިކް ހުޅުވުމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ނަފުސާނީ ފަރުވާ ހޯދަން އިތުރުު ފަސޭހަތަކެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވިއިރު އަސާސީ ބައެއް ހިދުމަތްތައް ގާއިމުކޮށްފައި ނުވާތީ އާންމުންގެ ޝަކުވާ އޭރު ވަރަށް ބޮޑެވެ. އެކަމަކު އެޗްޑީސީން މިހާރު ވަނީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އަސާސީ ގިނަ ހިދުމަތްތަކެއް ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފަ އެވެ.