ފަޒްނާ އަހުމަދު

ފަޒްނާ ފުވައްމުލަކަށް ވަޑައިގެންފި

Oct 12, 2022
2

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފުވައްމުލަކަށް މިއަދު ވަޑައިގެންފި އެވެ.

މެޑަމް ފަޒްނާގެ މިދަތުރުފުޅަކީ ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ގައުމީ ފެންވަރުގައި ފުވައްމުލައް ސިޓީގައި ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ.

ފަސްޓްލޭޑީގެ މި ދަތުރުފުޅުގައި، ޖެންޑާ މިނިސްޓްރީއާއި ޕެންޝަން އޮފީހާއި، ފުލުހުންގެ އިދާރާއިންނާއި، ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އދގެ ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ރެޒިލިއެންސް އޮފް އޯލްޑާ ޕާސަންސް އިން އަ ޗޭންޖިން ވޯލްޑް" އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.