ދުނިޔެ

ނޭޓޯ ވަނީ ރަޝިއާއަށް ދޮގު ހަދައި ވައުދާ ހިލާފުވެފައި: ބޮރެލް

ރަޝިއާ، ޔުކްރޭން ހަނގުރާމަ ފެށުމުގައި ނޭޓޯއަށް އަދި ޔޫރަޕިއަން ޔޫނިއަނަށް ވެސް ގޯސްތަކެއް ހެދިފައި ހުރި ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.

ބޮރެލް ވިދާޅުވީ އޭނާގެ ގާތް އެކުވެރިން ވެސް ހިމެނޭ ގޮތުން ވަރަށް ގިނަ މީހުން ޔުކްރޭން ހަނގުރާމަ ފެށުނު ސަބަބު ކަމަށް ބުނަނީ ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަނުން ރަޝިއާއަށް އޮޅުވާލުން ކަމަށެވެ.

ސޯވިއެޓް ޔޫނިއަން ރޫޅުމާ ދިމާކޮށް ރަޝިއާ އޮތް ކޮޅަށް ނޭޓޯ ފުޅާކުރަން އެ ޖަމާއަތުން ކުރި މަޝްވަރާތަކަށް ރަޝިއާ ވަރަށް ދެކޮޅު ހެދި ކަމަށް ބޮރެލް ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ވެސް ރަޝިއާ އެތައް ފަހަރަކު ގޮވާލި އެވެ.

ރަޝިއާއާ މާ ގާތަށް ނޭޓޯ ފުޅާކުރަން ބަޔަކު ވިސްނައި ދިނުމަކީ ހެދުނު ގޯހެއް ކަމަށް ބޮރެލް ކުރިން ވެސް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޔުކްރޭނަށް ރަޝިއާ ދެމުންގެންދާ ހަމަލާތަކަކީ ނޭޓޯއާ ހެދި ދޭ ހަމަލާތަކެއް ކަމަށް މުޅިން ނުނިންމަވާނެ ކަމަށެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ކުރިން ވިދާޅުވި ގޮތުގައި ނޭޓޯ ފުޅާކުރަން ކުރާ މަސައްކަތުން ޔޫރަޕަށް ހިމާޔަތެއް ނޯންނާނެ އެވެ. އޭނާ އަދި ވިދާޅުވީ ފިޔަޅުތައް ދުރަށް -- ފެޔަށް އެޅި ނަމަވެސް މުޅި ދުނިޔޭގައި އެ ޖަމާތުގެ ބާރު ނުހިނގާނެ ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވި ގޮތުގައި ޝަރަފްވެރި ކަމަކީ ރަޝިއާ ދަމަހައްޓާނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް އާ ސިޔާސަތުތަކެއް ކަޑައަޅައިގެން ނަމަވެސް މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަން ޖެހިދާނެ އެވެ.

ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމާއި ޖޯޖިއާއަށް ވެސް އެ ހައިސިއްޔަތު ދިނުމަކީ ރަޝިއާ ވަށައި ޖަހާލެވޭ ފުޅަފެއް ކަމަށް ޕޫޓިން ވެސް ވިދާޅުވި އެވެ. އެއްވެސް ބަޔަކު އެކަން އެގޮތަށް ކުރަން ދޫކޮށް ނުލައްވާނެ ކަމަށްވެސް ޕޫޓިން އޮތީ ވިދާޅުވެފަ އެވެ.

ރަޝިއާގެ މިނިވަންކަމާ މެދު ވިސްނާލުމަށް ނޭޓޯގެ ކިބައިން ރަޝިއާ އެދުނު އެދުމަށް އެދެވޭ ޖަވާބެއްނުލިބުމުން މިދިޔަ ފެބްރުއަރީ 24ގައި ރަޝިއާ ސިފައިން ޔުކްރޭނަށް ހަމަމާދޭން ފެށިކަން ރައީސް ޕޫޓިން އިއުލާން ކުރެއްވި އެވެ.