އައިޖީއެމްއެޗްގައި މެމޯ ދޫކުރުމުގެ ހެދުމުގެ ހިދުމަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން އެ ހިދުމަތް ދޭން ފަށައިފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ މެމޯ ދޫކުރުމުގެ ހިދުމަތް ރޭގެ ވަގުތެއްގައި މެދުކެނޑުނީ ދިމާވި ޓެކްނިކަލް ކަމެއްގެ ސަބަބުން ކަމަށެވެ.
އައިޖީއެމްއެޗް އިން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ވެސް ވަނީ ޓެކަނިކަލް ކަމަކާ ގުޅިގެން އެ ހޮސްޕިޓަލްގައި މެމޯ ހެއްދުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑުމުން އާންމުންގެ ކިބައިން މައާފަށް އެދިފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މެމޯ ހެދުމުގެ ހިދުމަތް މެދުކެނޑުނު ވަގުތު ވެސް ޑޮކްޓަރަށް ދެއްކުމާއި އެހެނިހެން ހިދުމަތްތައް ދީފައިވާނެ ކަމަށެވެ.
އައިޖީއެމްއެޗް އަކީ ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލަަކަށްވީ ނަމަވެސް އެ ހޮސްޕިޓަލްގެ ހިދުމަތްތަކާ މެދު އާންމުންގެ ޝަކުވާ ބޮޑެވެ.