ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެންގެ ހާލު ސީރިއަސްވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ޕީޕީއެމްގެ ޕާލިމަންޓް މެންބަރަކު ވިދާޅުވީ، ނިހާން އަށް ފަރުވާދޭން ފެށީ ފުއްޕާމޭގެ އާލާސްކަންފުޅަކާ ގުޅިގެން ކަމަށެވެ. އަދި ނިހާންގެ ހާލު އެހާ ރަނގަޅު ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ނިހާންގެ އާއިލާގެ މެންބަރެއްްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.