ދުނިޔެ

ތުރުކީގައި ބޯޓުދެލި މައިނެއް ގޮވައި 25 މީހަކު މަރުވެއްޖެ

އޮފިޝަލުން ބުނާ ގޮތުން ތުރުކީގެ އުތުރު އަވަށެއްގައި ބޯޓުދެލި ވަޅެއްގައި ކުއްލިއަކަށް އެހާ ވަރުގަދަ ގޮވުމެއް ގޮވީ މައިން ތެރޭގައި ހުރި މީތޭން ގޭސް ވަޅެއްގައި ރޯވުމުގެ ސަބަބުންނެވެ.

ތުރުކީގެ ހެލްތު މިނިސްޓްރީގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައި ހުރި ފޮޓޯތަކުން ފެންނަނީ އެތައް ބަޔަކު މާޔޫސްވެ ލޮލުން ކަރުނަހިލި ތިއްބަ އެވެ.

މި ހާދިސާގައި އަނިޔާ ލިބުނު އާއިލާތަކަށް އެހީތެރިވުމުގެ ގޮތުންނާއި އެ ސަރަހައްދު އޮތް ގޮތް އަމިއްލައަށް ތަސައްވުރު ކުރެއްވުމަށް ސަރުކާރުގެ ވަޒީން ވަނީ ދަތުރު ފައްޓަވާފަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސީދާ އަމުރުފުޅަށް އިންޓީރިއާ މިނިސްޓަރާއި އެނާޖީ މިނިސްޓަރު ވަނީ މައިނަށް ވަޑައިގެންފަ އެވެ.

ސަކުރާރަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ބައްލަވައި މަރުވި އާއިލާތަކަށް އެހީތެރިވުމަށް ޕެކޭޖްތައް ތައްޔާރު ކުރެއްވުމަށް ވެސް އުރުދުޣާން ވަނީ އަމުރު ކުރައްވާފަ އެވެ.

ލޯކަލް ގަވަރުނަރު ނޫތަޗް އާސްލަން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި 350 މީޓަރު އަޑީގައި ފަސް މީހަކު އަދިވެސް ތިބީ ތާށިވެފަ އެވެ. އިތުރު 44 މީހަކު 300 މީޓަރު އަޑީގައި ތާށިވެފައި ތިބި ކަމަށް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އަމިއްލަ ހާލަތާއިގެން 14 މީހަކު މައިނުން ނުކުތް ކަމަށާއި އެ ހުރިހާ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ފަށާފައިވާ ކަމަށެވެ.

ބޯޓުދެލި މައިން ގޮވުމަކީ ބިން ކޮނެގެން ޚަޒާނާ ހޯދާ މީހުންނަށް ދޭތެރެ ދޭތެރެއިން ދިމާވާ ހާދިސާ އެކެވެ. އެކަމަކު ބޯޓު ދެލި ނެގުމަށައި ރަނާއި ރިހި ހޯދަން ބިން ކޮނުމަކީ ވަރަށް ބޮޑު ފައިދާއެއް ލިބޭ މަސައްކަތަކަށް ވާތީ ކުރަނީ އެވެ.

ތުރުކީ އަކީ ވެސް މައިންތަކުގައި ހިތާމަވެރި ހާދިސާ ހިނގާ ގައުމެކެވެ. އެހެންނަމަވެސް މި މަސައްކަތްތަކަށް ޖަމާއަތްތަކާއި ކުންފުނިތައް އުފައްދައި ގިނަ ބަޔަކު މި މަސައްކަތުގައި މަސްއޫލުވެ އުޅެ އެވެ.

އޮފިޝަލުން ބުނާ ގޮތުން މައިން ގޮވަން މެދުވެރިވި ހާދިސާ ރަނގަޅަށް ތަހުގީގުކޮށްގެން ނޫން ގޮތަކަށް އެ ތަނުގައި ހުޅުހިފި ސަބަބު ނޭނގޭނެ އެވެ. މައިން ވަޅުތަކަކީ އާންމު ގޮތެއްގައި ގޭސް ހުންނަ ތަންތަނަށް ވެފައި އެއީ ހަމަ އެހެން ހުރެ ގޮވާ ތަންތަން ނޫން ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

ބޯޓު ދެއްޔަށް ކޮންނަ މީހުން ކުރާ ކަމެއްގެ ސަބަބުން -- ގަލެއްގައި ޖެހި ކަނި ބުރުމުގެ ސަބަބުން ނުވަތަ އަލިފާން ފާޅުވާ ކޮންމެވެސް އެހެން ސަބަަބަކުން ވެސް ގޭހުގައި ހުޅުހިފާފައިވެ އެވެ.