ބާސެލޯނާ

ކުއާޓާ ފައިނަލުގައި ބާސެލޯނާ އާއި އެތްލެޓިކް ބިލްބާއޯ

Jan 16, 2016

ސްޕެނިޝް ކަޕް ކުއާޓާ ފައިނަލުގައި ޗެމްޕިއަން ބާސެލޯނާ އާއި އެތްލެޓިކް ބިލްބާއޯ ވާދަކުރަން ޖެހިއްޖެ އެވެ.

މި ދެ ޓީމު ވަދަކުރަން ޖެހުނުއިރު އެންމެ ފަހުގެ ހަތް މުބާރާތުގެ ތެރެއިން ތިން ފަހަރު މި ދެ ޓީމު ވާދަކުރަން ޖެހި ބާސެލޯނާ ވަނީ ތިން ފަހަރު ވެސް ބިލްބާއޯ ބަލިކޮށްފަ އެވެ.

މި ދެ ޓީމު ވާދަކުރަން ޖެހުނުއިރު ވެލެންސިއާ އާއި ވާދަކުރަންޖެހޭނީ ލަސް ޕަލްމާސް އެވެ. މަޝްހޫރު އެތްލެޓިކޯ މެޑްރިޑް ވާދަކުރަން ޖެހެނީ ސެލްތަވީގޯއާ އެވެ. ދެ ވަނަ ޑިވިޝަނުން ގަދަ އަށެއްގައި ހިމެނުނު ހަމައެކަނި ޓީމު މިރަންޑާސް ވާދަކުރަން ޖެހެނީ ސެވިއްޔާއާ އެވެ.

މި ފަހަރުގެ ސްޕެނިޝް ކަޕުން ރެއާލް މެޑްރިޑް ވަނީ ޑިސްކޮލިފައިކޮށްފަ އެވެ. އެއީ ޓީމު ސަސްޕެންޑްވެފައިވާ ކުޅުންތެރިއަކު ލައްވައި ކުޅުވި މައްސަލާގަ އެވެ.