ދުނިޔެ

އިޒްރޭލު ބޮޑުވަޒީރުގެ މަގާމު އަޅުގަނޑަށް ލިބިދާނެ: ޓްރަމްޕް

އެމެރިކާގައި ދިއިރުޅޭ އިޒްރޭލު މީހުން -- ޔަހޫދީންގެ މެދުގައި ޓްރަމްޕަށް މާބޮޑު ތަރުހީބެއް ނެތް ނަމަވެސް އޮރިޖިނަލް ޔަހޫދީން ދިރިއުޅޭ އިޒްރޭލުގައި އޭނާ އަކީ މަގުބޫލު ލީޑަރެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާގެ ރައްޔިތުން ގޮތުގައި މިހާރު ތިބި ޔަހޫދީންގެ ފަރާތުންވެސް އެ ޝައުގުވެރިކަމަށް އެދެވޭ ކަމަށާާއި އެ މީހުންނަށް ވެސް އެންމެ ރަނގަޅު ގޮތަކަކީ އެ ޝައުގުވެރިކަން ދެއްކުން ކަމަށެވެ.

ސަބަބެއް ކަމަށް ޓްރަމްޕް ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރު މަގާމަށް އޭނާ މިހާރު ކުރިމަތިލެއްވި ނަމަވެސް، އެއްވެސް މައްސަލައެއް ނެތި އެ މަގާމަށް ހޮވޭނެ ކަމަށެވެ.

އެމެރިކާގެ ރައީސަކު ދުވަހަކު ވެސް އިޒްރޭލަށް ކޮށްދެއްވާފައި ނުވާ ވަރަށް އޭނާގެ ސަރުކާރުގައި އިޒްރޭލަށް ކޮށްދެއްވި ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެެވެ.

އެމެރިކާއަށް އުފަން އިޒްރޭލު ދަރިފަސްކޮޅުގެ ޔަހޫދީންނަށް އެމެރިކާގައި މަގުބޫލުކަމެއް އޮވެ އެވެ. ސިޔާސީ ލީޑަރުންގެ މެދުގައި ވެސް ޔަހޫދީންނަށް ކަމޭހިތުމަކީ އިޒްރޭލު ހިމާޔަތްކުރުމަށް އެމެރިކާ ސަރުކާރަށް މަޖުބޫރުވާ ކަމެކެވެ.

އިޒްރޭލަކީ ކޮންމެ އަގެއް ދައްކައިގެން ނަމަވެސް އެމެރިކާގެ ހިމާޔަތުގައި ބާއްވަން ޖެހޭ ގައުމެއް ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރު ވެސް ގަބޫލުކުރައްވަ އެވެ.

ޓްރަމްޕް އެ ވިދާޅުވާ އިޒްރޭލަށް ކޮށްދެއްވި ހެޔޮ ކަންތައްތަކަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ފަލަސްތީންގެ ގުދުސް ހަމަޖެއްސެވުމާއި، އަރަބި، އިޒްރޭލު އެއްގަލަކަށް އެރުވުމަށް ފެއްޓެވި އަބްރަހަމް އެކޯޑްސް ހިމެނެ އެވެ.

އެމެރިކާއިން އިޒްރޭލަށް ކޮށްދޭ ކޮންމެ ހެޔޮ ކަމަކާ ގުޅިގެން ފަލަސްތީންގެ ރައްޔިތުންނަށް ކުރިމަތިވާ ހިތާމަ އާއި އަނިޔާވެރިކަން ވަނީ އިތުރެވެ. އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ހެދުމުން ވެސް ފަލަސްތީން މީހުން ވަޒަނުން ބޭރުކުރުމާއި ޖަލަށްލުންވީ އިތުރެވެ.