މިއުވާން މުހައްމަދު

"އޯޕެކް ޕްލަސްގެ ނިންމުމަށް ތާއީދުކުރުމަށް އެއްވެސް ނުފޫޒެއް ނެތް"

އޯއައިސީގެ ބައްދަލުވުމެއްގައި ރައީސް ސޯލިހާއި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ތެޔޮ އުފައްދާ މިންވަރު މަދުކުރަން އޯޕެކް ޕްލަސް އިން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން ތާއީދުކުރީ އެއްވެސް ބައެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއުވާން މިއަދު ވިދާޅުވީ މިސަރުކާރުން ނިންމާ އެއްވެސް ނިންމުމަކަށް އެހެން ގައުމަކަށް ނުވަތަ ބަޔަކަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށެވެ. އަދި އޯޕެކް ފްލަސްގެ ނިންމުމަށް ރާއްޖޭން ތާއިދު ކުރީ އެއީ ފައިދާކުރަނިވި ނިންމުމެއް ކަމަށް ސަރުކާރުން ގަބޫލުކުރާތީ ކަމަށެވެ.

ސައުދީ ސަރުކާރުން އިސްވެ އޮވެ، އޯޕެކް ޕްލަސްގެ ގައުމުތަކުން ދުވާލަކު އުފައްދާ ތެލުން ދެ މިލިއަން ފީފާ މަދުކުރަން ވަނީ ނިންމާފަ އެވެ.

އޯޕެކް ޕްލަސްގެ މި ނިންމުމަށް ތާއީދުކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޯޕެކް ޕްލަސްގެ ނިންމުމަކީ ދުނިޔޭގެ އިގްތިސާދީ ހާލަތާއި ތެލުގެ ބާޒާރާއި އެހެނިހެން ފަންނީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ސައުދި އަރަބިއްޔާ އިން ދުނިޔޭގެ އިގުތިސާދު ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަންވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ދީފައިވެ އެވެ.

"އޯޕެކް ފްލަސްއިން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ނިންމި ނިންމުމަކީ ދުނިޔޭގެ ތެލުގެ ބާޒާރު ސްޓޭބަލްކޮށް ބޭވުމަށް ވަރަށް މުހިންމު ނިންމުމެއް. މި ސްޓޭބިލިޓީ ގާއިމުނުވެއްޖެނަމަ ރާއްޖެ ކަހަލަ ތެޔޮ އިމްޕޯޓު ކުރާ ގައުމަކަށް ކުރާނެ ގެއްލުން މާބޮޑުވާނެ،" ފޮރިން މިނިސްޓްރީގެ ބަޔާން ދިފާއުކުރައްވާ މިއުވާން ވިދާޅުވި އެވެ.

އޯޕެކް ޕްލަސްގައި ހިމެނޭ ގައުމުތަކުގެ ނިންމުމުގެ ސަބަބުން ދުނިޔޭގެ ނުފޫޒުގަދަ ބާރުތައް ކަމުގައިވާ އެމެރިކާ އަދި ޔޫރަޕުގެ ގައުމުތަކުގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީ އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކުން ގެންދަނީ އޯޕެކް ޕްލަސްގައި ހިމެނޭ ގައުމުތަކާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ.

ދުނިޔޭގައި ތެޔޮ އުފައްދާ ގައުމުތައް ހިމެނޭ އޯޕެކްގައި އެންމެ ނުފޫޒުގަދަ ގައުމުތައް ބައިވެރިވާ އޯޕެކް ޕްލަސްގައި 13 ގައުމެއް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345