ދުނިޔޭގެ ޗާޓުން ސާބިއާ ގެއްލުވާލާނެ ކަމަށް ބުނެ ދެވޭ އިންޒާރެއްގެ ބިރަށް ނޫން ގޮތަކަށް ރަޝިއާއަށް ދަތިކުރުމަށް ބެލްގްރޭޑް (ސާބިއާގެ ވެރިރަށް) އިން އެއްބާރުލުން ނުދެއްވާނެ ކަމަށް އެ ގައުމުގެ ރައީސް އެލެގްޒެންދަރު ވޫޗިޗް ވިދާޅުވެއްޖެ އެވެ.
ސާބިއާގެ ރައްޔިތުންނަށް ބިރުދައްކައި ނަސްލު ނައްތާލުމަށް ގޮވާލަންދެން ރަޝިއާ އާއެކު ދުޅަހެޔޮ މުއާމަލާތްތަކެއްގައި ބެލްގްރޭޑުން ޝާމިލްވާނެ ކަމަށްވެސް ވޫޗިޗް ވިދާޅުވި އެވެ.
ރަޝިއާ އާއި އެކު ބެލްގްރޭޑުން ގާތް އެކުވެރި ގުޅުމެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެ ވޫޗިޗް ވިދާޅުވީ ސާބިއާ ފުއްދުންތެރި ގައުމަކަށް ވެފައި އޮތް މައިގަނޑު ސަބަބަކީ ރަޝިއާ ކަމަށެވެ.
ޔުކްރޭން ހަނގުރާމާގައި ވަކިކޮޅެއް ނެގުމަށް ސާބިއާއަށް ޕްރެޝަރުން އަންނަ ކަމަށް ވޫޗިޗް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާ، ޔުކްރޭން ހަނގުރާމާގައި 240 ދުވަސް -- އަށް މަސް ދުވަސް ފާއިތުވެ ދިޔައިރު ސާބިއާ ޖެހިލުންވާ ވަރުގެ ކަމެއް ދިމާނުވާ ކަމަށެވެ.
ވޫޗިޗް ވިދާޅުވި ގޮތުގައި އުޒުރުދައްކައި ރަޝިއާއަށް ދަތިކުރުމަށް ރުހެވިދާނެ އެވެ. އެކަމަކު ދަތިކުރަން ފެނިވަޑައި ނުގަންނަވާ ކަމަށް ދައްކަން ފަސް މިލިއަން ސަބަބު އޮތް ކަމަށްވެސް ވިދާޅުވި އެވެ.
ރަޝިއާއަށް ވުރެ މާގިނަ ގޯސް ހުޅަނގަށް ހެދިފައި ހުރި ކަމަށް ވޫޗިޗް ވިދާޅުވި އެވެ. ރަޝިއާއާ ދެކޮޅަށް ހުޅަނގުން އެދޭހާ ކަމެއް ކުރަން ނުކެރިގެން އުޅެނީވެސް ހުޅަނގަށް ހެދިފައި ހުރި ގޯސްތައް ގިނަ ކަމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާއާ ދެކޮޅުވުމަކީ ސާބިއާގެ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށް ވިދާޅުވެ ވޫޗިޗް ވިދާޅުވީ އެ ނޫން ގޮތަކަށް -- އާންމުން ނުރުހޭ ގޮތަކަށް -- ރައްޔިތުން އިންތިހާބުކޮށްފައި ހުރި ވެރިއަކު އެއްވެސް ކަމެއް ކުރުމަކީ އެދެވޭ ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
ވޫޗިޗް ވިދާޅުވި ގޮތުގައި ކޮސޮވޯގެ ހާދިސާގައި ހުޅަނގުން ސާބިއާއާ ދެކޮޅަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެއީ އދ.ގެ އާންމު އުސޫލުތަކާ ވެސް ޚިލާފު ކަމަށެވެ.
ރަޝިއާއިން ފެބްރުއަރީ 24 ގައި ޔުކްރޭންގައި ފެށި ޚާއްސަ އޮޕަރޭޝަނަކީ ހަގީގަތުގައި -- ރަޝިއާ ގަބޫލުކުރާ ގޮތުގައި ހަނގުރާމަ ކުރުމެއް ނޫނެވެ.
ހަގީގީ ހަނގުރާމައެއްގެ ނިޔަތް އޮތް ނަމަ ޔުކްރޭން އެފުށް މިފުށަށް ޖެހުމަށްފަހު ރަޝިއާ ސިފައިން ތިބޭނީ ކޮފީ މޭޒު ދޮށުގައި ކަމަށްވެސް ރަޝިއާގެ ސެކިއުރިިޓީ އެޑްވައިޒަރުން ބުނެ އެވެ.