ކުޅިވަރު

"އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް" މިމަހު ބާއްވަނީ

އަފްނާން ރަޝީދް ބެޑްމިންޓަން އެކެޑަމީ [އަރްބާ]ގައި ތަމްރީން ހަދަމުންދާ ބައެއް ކުޅުންތެރިން -- ފޮޓޯ: އަފްނާން ރަޝީދް ބެޑްމިންޓަން އެކެޑަމީ
0%
0%
0%

އަފްނާން ރަޝީދް ބެޑްމިންޓަން އެކެޑަމީ (އަރްބާ)އިން އިންތިޒާމް ކޮށްގެން "އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް"ގެ ނަމުގައި ބާއްވާ ސިލްސިލާ މުބާރާތް މިމަހު ބާއްވަން ނިންމައިފި އެވެ.

އަރްބާގެ މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 27 އިން 29 އަށެވެ. މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯގެ ބެޑްމިންޓަން އިންޑޯ ކޯޓުގަ އެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގައެވެ.

އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕަކީ މިދިޔަ އަހަރުވެސް އަރްބާގެ ފަރާތުން ބޭއްވި މުބާރާތެކެވެ.

އަރްބާގެ ފައުންޑާ އަފްނާން ރަޝީދް އަވަސްއަށް މައުލޫމާތު ދެއްވި ގޮތުގައި މި މުބާރާތުގައި އަމްޕަޔަރުކަން ކުރުމަށް ތަޖުރިބާ ހުރި އަމްޕަޔަރުން ވެސް ވަނީ ހޯދާފަ އެވެ.

އަރްބާގެ ފައުންޑާ އަފްނާން ރަޝީދު (ކ)ގައި އެކެޑަމީގެ ކުޅުންތެރިޔަކަށް އިރުޝާދު ދެނީ -- ފޮޓޯ: އަފްނާން ރަޝީދް ބެޑްމިންޓަން އެކެޑަމީ

އަރްބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް [އޭބީސީ] އަކީ އަރްބާ އިން މިއަހަރު ބާއްވާ ތިންވަނަ މުބާރާތެވެ.

މީގެ ކުރިން އަންހެން ކުދިންނަށް ހާއްސަ ކޮށްގެން "އަރްބާ ވިމެންސް ޓީމް އިވެންޓް" އަދި ކުޑަ ކުދިންނަށް ހާއްސަ "އަރްބާ ޕޫލް ބެޑްމިންޓަން ޗެމްޕިއަންޝިޕް"ގެ ނަމުގައި ދެ މުބާރާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އަފްނާން ރަޝީދް ބެޑްމިންޓަން އެކެޑަމީން މި މުބާރާތް ހިންގުމުގެ މަގުސަދަކީ އެކެޑަމީގައި އުޅޭ ކުދިންނަށް މުބާރާތްތައް ކުޅޭނެ ފުރުސަތުތައް ފަހިކޮށްދީ އެކުދިންގެ ހުނަރު އިތުރަށް ކުރިއެރުވުން ކަމަށް އެ އެކެޑަމީން ބުނެ އެވެ.

އަރްބާއަކީ ރާއްޖޭގައި ބެޑްމިންޓަންގެ ހުނަރު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރާ އެކެޑަމީ އެކެވެ. އެގޮތުން އަރްބާގެ ފަރާތުން 13 ކުދިންނަށް މިއަހަރުގެ ޑިސެމްބަރު މަހު މެލޭޝިއާގައި ތަމްރީނުތަކެއް ފުރިހަމަ ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910