ފިނިޕޭޖް

އެންޖެލީނާ ޖޯލީ ބަޔޯޕިކެއް ކުޅެނީ

އެންޖެލީނާ ޖޯލީ، އޮޕެރާ ލަވަކިޔުންތެރިޔާ މަރިއްޔާ ކާލަސްގެ ބަޔޯޕިކް ކުޅެނީ އެވެ.

މަރިއްޔާ ކާލަސްއަކީ ގްރީކް ދަރިކޮޅުގެ އެމެރިކާ މީހެކެވެ. މަރިއްޔާ އަކީ 20 ވަނަ ގަރުނުގައި އެންމެ ނަން މަޝްހޫރު އަދި ނުފޫޒުގަދަ އެއް އޮޕެރަ ހުށަހެޅުންތެރިޔާ ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

މަރިއްޔާ ވަނީ ޅަ އުމުރުގައި ކާމިޔާބީ ހޯދުމުގެ އިތުރުން ވަރަށް ގިނަ މައްސަލަތަކަކާ ވެސް ކުރިމަތިލާފަ އެވެ.

ފަލަކަމުން މީހުން ފާޑުކިޔުމުން މަރިއްޔާ ވަނީ މަސައްކަތްކޮށްގެން ވަރަށް ބޮޑަށް ހަށިގަނޑު ވެސް ހިއްކާލާފަ އެވެ. މިފަދަ އެކި ސިއްހީ މައްސަލަތަކަށްފަހު، މަރިއްޔާގެ އަޑަށް އަސަރުކޮށް، އޭނާ ވަނީ ލަވަކިޔުން ވެސް ފަހުން ހުއްޓާލާފަ އެވެ. އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ޕަބްލޯ ލަރެއިންގެ މި ފިލްމުގައި ދައްކައިދޭނީ މަރިއްޔާގެ ރީތި ހަޔާތުގެ ފަހު އަހަރުތަކުގެ ހަލަބޮލިކަމާއި ހިތާމަވެރިކަމެވެ.

ޕަބްލީ ވަނީ ޕްރިންސަސް ޑަޔާނާގެ ހަޔާތުގެ މައްޗަށް "ސްޕެންސާ" ކިޔާ ފިލްމެއް ވެސް ހަދާފަ އެވެ.

އެންޖެލީނާ އަކި އޮސްކާ އަދި އެހިނހެން ގިނަ އެވޯޑްތަކެއް ހޯދާފައިވާ ހޮލީވުޑްގެ އޭ ކެޓެގަރީގެ ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މާވެލްގެ "ދި އިޓާނަލްސް" އިންނެވެ.