ދުނިޔެ

އީރާން ނިއުކްލިއާ މަޝްވަރާތައް އެމެރިކާ ހުއްޓާލަނީ

އީރާންގެ ނިއުކްލިއާ ޑީލް އިއާދަކުރުމަށް އޮތް ހަމައެކަނި ހައްލަކީ ޑިޕްލޮމެޓިކް މަޝްރާތައް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ބާރުތަކާ އެކު 2015 ވަނަ އަހަރު އީރާނުން ވެފައި އޮތް އެއްބަސްވުން -- ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) -- އިއާދަކުރުމާ މެދު އުއްމީދު އޮތް ނަމަވެސް އީރާނުން އަމަލުކުރަނީ އެކުވެރި މާހައުލެއްގައި ނޫން ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ.

އީރާންގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވައި ބްލިންކެން ވިދާޅުވީ މަސްރަހު މިހާުރު އޮތީ އެއްބަސްވުމަކާ ދިމާލަށް ދެެވޭ ގޮތަށް ނޫން ކަމަށެވެ.

ބްލިންކެން ތުހުމަތުކުރައްވާ ގޮތުގައި އީރާނާ އެކު ދެކެވުނު ވާހަކަތަކުގެ ތެރެއަށް ބޭރުގެ މައްސަލަތައް އީރާނުން ވެއްދުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.

އަދި ޔޫރަޕިއަން ޔޫނިއަން، އަޅުގަނޑުމެންގެ ބައިވެރިން ކަމަށްވާ ފްރާންސް، ޖަރުމަނު، އިނގިރޭސިވިލާތް ވެސް މިކަމުގައި އޮތީ އެއް ތަނެއްގައި،"

ސްޓޭޓް ޑިޕާޓްމަންޓުގައި ފްރާންސްގެ ޚާރިޖީ ވަޒީރާ އެކު ބޭއްވި ނޫސް ކޮންފަރެންސްގައި ބްލިންކެން ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާ އަދި ގުޅިފައި އޮތް ބާރަށް އެއްފިކުރަކަށް ރުހެވިފައި އޮތް ކަމަށެވެ.

ބާރަކް އޮބާމާ ވެރިކަމުގައި ހުންނެވިއިރު އީރާނާ އެކު އެކުލަވާލެއްވި ޖޭސީޕީއޯއޭ ދުޅަހެޔޮ ކަމުގައި ދެމިއޮއްވައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2018 ވަނަ އަހަރު އެ އެއްބަސްވުމުން އުވާލެއްވި އެވެ.

އެހެން ނަމަވެސް ޖޯ ބައިޑަން ސަރުކާރު ވެރިކަމާ ހަވާލުވެ ވަޑައިގެން އީރާނާ އެކު އަލުން މަޝްވަރާކުރުމަށް މަގުފަހިކޮށްދެއްވި އެވެ. އެއީ ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަކުރުމުގެ އުންމީދުގަ އެވެ.