ވެރިފަރާތަށް ނޭނގި ވިސާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރި ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި ހޯދާ މީހާގެ ވީޑިއޯ އާންމުކުރުމަށްފަހު ބުނެފައިވަނީ އެ މީހާ އަކީ މަގުމައްޗަށް ގެއްލުނު ދަބަހެއްގެ ތެރޭގައި އޮތް ވިސާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރި ކުރި ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.
މި މީހާ ހޯދަނީ މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ކަމަށާއި ފުލުހުން މިހާތަނަށް ކުރި މަސައްކަތުން މި މީހާ ދެނެގަނެވިފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.
މިމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ވީހާވެސް އަވަހަށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.