އެސްޓީއޯ

މަކިޓާ ހުނަރު ދައްކާލުމަށް ބާއްވާ މުބާރާތުގެ ސުންގަޑި އިތުރުކޮށްފި

އެސްޓީއޯ އިން ވިއްކާ މަކިޓާ ބްރޭންޑްގެ އުފެއްދުންތައް ބޭނުންކޮށްގެން ހުނަރު ދައްކާލުމުގެ މުބާރާތުގައި ރަޖިސްޓްރީވުމުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މިމުބާރާރުގައި ރަޖިސްޓްރީމުވަށް އެސްޓީއޯ އިން ކުރިން ފުރުސަތު ހުޅުވާލީ އިއްޔެގެ ނިޔަލަށެވެ.

މިމުބާރާތުގައި ބައިވެރިވެގެން 50،000 ރުފިޔާގެ އަގުހުރި އިނާމު ހާސިލްކުރުމުގެ ފުރުސަތު އެސްޓިއޯ އިން ވަނީ ހުޅުވަލާފަ އެވެ.

މުބާރާތުގެ ރަޖިސްޓްރޭޝަން ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމުންނާއި އެސްޓީއޯ ވެބްސައިޓުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.

މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާކުރުމަށާއި ހުށަހެޅުމަށް އެއްމަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

މުބާރާތުގައި ބައިވެރިވާ ފަރާޓްތަކުން އައިޓަމް އަދި ވީޑިއޯ ހުށަހަޅަންޖެހޭ ސުންގަޑިއަކީ އަންނަ މަހުގެ 25ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ޖެހުމުގެ ކުރިންނެވެ.