ދުނިޔެ

ޔުކްރޭނާ ދެކޮޅަށް އީރާންގެ ޑްރޯންތައް ބޭނުންކުރުމަކީ އޮތް ކަންބޮޑުވުމެއް: އީރާން

ޔުކްރެއިން ހަނގުރާމައިގައި ރަޝިޔާއިން އީރާންގެ ޑްރޯންތައް ބޭނުންކުރުމަކީ އޮތް ކަންބޮޑުވުމެއް ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުލާހިޔާން ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމާގައި އިރާންގެ ޑްރޯންތައް ބޭނުންކުރުމަކީ އެ ގައުމުގެ އިހުމާލު އޮތް ކަމެއް ކަމަށް ބުނެ ވާހަކަދައްކާއިރު، ރަޝިއާ އާއި އީރާން އަސްކަރީ ގޮތުން އެއްބާރުލާން ދޭން ފެށީ ޔުކްރޭން ހަނގުރާމައާ ދިމާކޮށް ނޫން ކަމަށެވެ.

އީރާންގެ ހާރިޖީ ވަޒީރު މިހެން ވިދާޅުވީ ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީގެ ވިދާޅުވުމަކާ ގުޅިގެންނެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި އީރާނުގެ 2،000 ޑްރޯން -- ޔުކްރޭން ހަނގުރާމައިގައި ރަޝިއާ ސިފައިން މިހާރު ބޭނުންކުރާ ވައްތަރުތަކުގެ ޑްރޯންއަށް ރަޝިއާއިން އީރާނަށް އޯޑަރު ދީފައިވެ އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ހިނގަމުންދާ ދަނޑިވަޅެއްގައި އަސްކަރީ ގޮތުން ފަނާކުރަނިވި ބޭނުންތަކަށް އެއްވެސް ގައުމަކަށް -- ރަޝިއާއާށް އަދި ޔުކްރޭނަށް ވެސް ހަތިޔާރު ނުވިއްކާނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ރަޝިއާއަށް ހަތިޔާރު ސަޕްލައިކުރަނީ ހަނގުރާމަ ކުރުމަށް ނޫން ކަމަށާއި ދެމެހެއްޓެނިވި ބޭނުންތަކުގައި ބޭނުންކުރަން ޝަރުތުކޮށްފައި ވާނެ ކަމަށެވެ.

ހުސައިން އަމީރު އަބްދުއްލާހިޔާން މިހެން ވިދާޅުވިއިރު، އީރާނުން ރަޝިއާއާށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް އެމެރިކާ އާއި ބައިވެރިން ކުރި ތުހުމަތު އިރާނުން އޮތީ ދޮގުކޮށްފަ އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ޔޫރަޕިއަން ކައުސްންސިލްގެ ފޮރިން ޕޮލިސީ ސަފީރު ޖޯސެފް ބޮރެލްއަށް ދަންނަވައި ޔުކްރޭންއާ ސީދާ މަޝްވަރާ ކުރުމަށް އީރާން ނިންމާފައި އޮތް ކަމަށެވެ.

އީރާންގެ ވަޒީރު ވިދާޅުވީ އިރާންގައި އުފައްދާ ޑްރޯންތަކުން ޔުކްރޭން ހަލާކުކޮށްގެން ނުވާނެ ކަމަށާއި އެކަން އެގޮތަށް ކުރާނަމަ އީރާނުން ހިމޭނުން ނޯންނާނެކަން ބޮރެލްއަށް ވެސް ދަންނަވާފައި ވާނެ ކަމަށެވެ.

އީރާންގެ ޑްރޯންތައް ބޭނުންކުރާނެ ގޮތް ރަޝިއާ ސިފައިންނަށް އުނގަންނައި ދިނުމަށް އީރާންގެ އިންޖިނޭރުން ދޮންބާސްގައި ހަރަކާތްތެރިވާ ކަމަށް ބުނެ ދެކެވުނު ވާހަކަތައް ވެސް އީރާނުން ދޮގުކުރެ އެވެ.

އީރާން ފޮރިން މިނިސްޓްރިގެ ތަރުޖަމާން ނަސީރު ކަނާނީ ވިދާޅުވި ގޮތުގައި ދޮންބާސްގައި އަދި ކްރައިމިއާގައި ވެސް އީރާންގެ އޭޖެންޓުން ނޫޅޭނެ އެވެ. އަދި ރަޝިއާއާ ގުޅިގެން ހަނގުރަމާއިގެ އުކުޅުތައް އީރާނުން ކިޔައި ނުދޭނެ އެވެ.